ކުޅިވަރު ކުޅުންތެރިއެއްގެ ގޮތުން ކާމިޔާބުގެ އެންމެ މަތީ ހަރުފަތަށް ދިޔުމަކީ ކޮންމެ ކުޅުންތެރިއެއްގެ ވެސް އެންމެ ބޮޑު އަމާޒު އަދި އެންމެ ދެކެން ބޭނުންވާނެ ދުވަހެވެ.

ދިވެހިރާއްޖޭގައި އުފެދުނު އެފަދަ ދެވަނައެއް ނެތް ކީޕަރު އިމްރާން މުޙައްމަދު އަކީ މުޅި ގައުމު އެ ކުޅުންތެރިއަކަށް ޓަކައި ފަހުރުވެރިވާނެ ކުޅިވަގެ ނަމޫނާއެކެވެ. އދ. މަހިބަދޫއަށް އުފަން 39އ.ގެ އިމްރާންގެ ކުޅިވަރުގެ ހަޔާތުގައި އޭނާ ވަނީ ކުޅުންތެރިއެއްގެ ގޮތުން ހުރިހާ ކާމިޔާބެއް ހޯދާފައެވެ. އަދި ކުޅުންތެރިއެއްގެ ގޮތުން އިމްރާން ވަނީ އެތައް ވޭނަކާއި އެތައް ތަދެއް އަދި ހިތާމައެއް ވެސް އިހްސާސްކޮށްފައެވެ.

2019 ވަނަ އަހަރުގެ ސީޒަން ހުޅުވުމުގެ ގޮތުން ރޭ ގަލޮޅު ދަނޑުގައި ޓީސީ އާއި ފޯކައިދޫ ބައްދަލު ކުރި ޗެރިޓީ ސީލްޑް މެޗަކީ ވެސް އިމްރާންގެ ހަޔާތުގައި ވަރަށް މުހިންމު މެޗެކެވެ. ޓިސީ ގެ ޖާޒީގައި ފުރަތަމަ ފަހަރަށް އޭނާރޭ ކަރުގައި އަޅުވާލި ރަންމެޑަލް އަކީ ކުޅިވަރުގެ ހަޔާތުގައި އިމްރާން އަޅުވާލި 39 ވަނަ ރަންމެޑަލް އެވެ.