ކުޅޭކުޅޭ ބަޑިއެއް ގެންގުޅުނު މީހަކު ހައްޔަރުކޮށް ސުވާލުކުރުމަށްފަހު ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ މިމައްސަލާގައި ހައްޔަރުކޮށް ސުވާލުކުރުމަށް ފަހު ދޫކޮށްލީ 22 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އޭނާ ހައްޔަރުކުރީ ރޭ ދަންވަރު 1:32 ހާއިރު އިސްލާމިކް ޔުނިވަސިޓީ ފުރަގަހުގައި އޮންނަ ޕާކު ތެރޭގައި ތިބި ބައެއްގެ ކައިރީގައި މިނާފުށް ލައްވައިގެން ބޭނުންކުރާ ވައްތަރުގެ ބަޑިއެއް ބާއްވާފައި އޮއްވާ ފެނިގެން ކަަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.