ރައްޔިތުންގެ މަޖިލިސް އުވާލުމުގެ މައްސަލަ ދިވެހިރާއްޖެގެ ސްޕްރީމް ކޯޓަށް ހުށައަޅާނޭ ކަމުގައި އަމިއްލައަށް އަރުވާލެވިގެން އިނގިރޭސި ވިލާތުގައި ދިރިއުޅެމުންދާ މޫސާ އަންވަރު ބުނެފިއެެވެ.

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓަށް މީގެ ކުރިންވެސް މޫސާ އަންވަރު ވަނީ ސިޔާސީ ކަންކަމާއި ގުޅިގެން މައްސަލަތައް ހުށައަޅާފައެވެ.

މޫސާ އަންވަރު ރާއްޖެއިން ބޭރުގައި ހުރެ މިރޭ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ، ރާއްޖޭގެ ޤާނޫނު އަސާސީ އާއި އިސްލާމްދީނުގެ ދިފާއުގައި، 19 ވަނަ ރައްޔިތންގެ މަޖިލިސް އުވާލައި އަވަސް އިންތިޚާބެއް ބޭއްވުމަށް ސުޕްރީމްކޯޓަށް މައްސަލަ ހުށައެޅުމަށް އޭނާ ނިންމާފައި ވާކަމަށެވެ.

އެކަމަށް އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ފިޔަވައި އެހެން ހުރިހާ ޕާޓީތަކުން ތާއީދު ކުރާނެ ކަމަށް ދެކޭ ކަމުގައިވެސް އޭނާ ވަނީ ބުނެފައެވެ.