ފުވައްމުލަކު ތުނޑި ސަރަހައްދުގައި މޫދަށް އެރި އުޅުނު މީހަކު އޮޔާ ބޭރަށް ދަމައިގެންފައި ވަނިކޮށް ސަލާމަތްކޮށްފިއެވެ.

މަންޒަރުދުށް މީހަކު ވީނިއުސްއަށް މައުލޫމާތު ދެމުން ބުނީ، މިއަދު ހެނދުނު މޫަދަށް އެރި އުޅެނިކޮށް އޮޔާ ބޭރަށް ދަމައިގެންފައި ވަނީ އުމުރުނ 22 އަހަރުގެ ޒުވާނެއް ކަމަށެވެ.

އޭނާ ސަލާމަތްކުރީ އެވަގުތު އެސަރަހައްދުގައި ރާޅާ އަޅަންގޮސް އުޅުނު ދެމީހަކާއި އެއްގަމުގައި ހުރި އިތުރު މީހަކު ގުޅިގެންނެވެ. އޭނާ ސަލާމަތްކުރީ، ފުވައްމުލަކުގެ ގޮނޑުދޮށުގައި ރައީސުލްޖުމުހޫރިއްޔާގެ ނައިބު ފައިސަލް ނަސީމުގެ، ފައިސަލް ފައުންޑޭޝަނުން ހަދިޔާކޮށް ބަހައްޓައިދީފާއިވާ ލައިފްބޯއި ރިންގު ބޭނުންކޮށްގެންނެވެ.

މިހާދިސާގައި އޭނާއަށް ގެއްލުމެއް ނުލިބެއެވެ.