ރާއްޖޭގެ ސިއްހީ ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ޑރ. ފަރުޒާނާ ޚާތޫން އަވަހާރަވެއްޖެއެވެ.

ޑރ. ފަރުޒާނާ ޚާތޫން އަވަހާރަވީ އިނގިރޭސި ވިލާތުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެވެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ.

އުމުރުފުޅުން 69 އަހަރުފުޅުގައި ރޭ އަވަހާރަވި ޑރ ފަރުޒާނާ ޚާތޫން އަކީ، ރާއްޖޭގެ މަޝްހޫރު އީއެންޓީ ޑޮކްޓަރު ޑރ. މުހައްމަދު ވަހީދުގެ އަނބިކަނބަލުންނެވެ.

ޑރ. މުހައްމަދު ވަހީދު އަވަހާރަވިތާވެސް 15 ވަރަކަށް އަހަރުވަނީ ވެފައެވެ.

ޑރ. ފަރުޒާނާ ޚާތޫންއަކީ ޕާކިސްތާނުގެ ރައްޔިތެކެވެ.

އެންމެފަހުން އޭނާ ހުންނެވީ ތެލެސީމިއާ ސެންޓަރުގެ ސީނިއާ ރަޖިސްޓްރާ އިން މެޑިސިންގެ މަގާމުގައެވެ. އެމަޤާމުން ރިޓަޔާ ކުރެއްވުމަށް ފަހު ފަރުޒާނާ ދިރިއުޅުއްވަމުން ގެންދެވީވެސް އިނގިރޭސި ވިލާތުގައެވެ.

ފަރުޒާނާ ދިވެހި ސަރުކާރަށް ޚިދުމަތް ކުރައްވާތާ 20 އަހަރު ފުރުމާއި ގުޅިގެން 2002 ވަނަ އަހަރުގައި ގައި ސަރުކާރުން ވަނީ އޭނާއަށް ޕެންޝަން ދެއްވާފައެވެ.