ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ފަސް މެންބަރަކާއި ގުޅޭގޮތުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބުދުﷲ ދީދީ ފުލުހުންގެ އިދާރާއަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.

ފުލުހުންގެ އިދާރާއިން ވަނީ މިކަން ޔަގީންކޮށްދެއްވާފައެވެ.

މީޑިއާތަކަށް ފުލުހުންގެ އިދާރާއިން ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ، (ޖޭއެސްސީ) ފަސް މެންބަރަކާއި ގުޅޭގޮތުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބުދުﷲ ދީދީ ފުލުހުންގެ އިދާރާއަށް މައްސަލަ ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި އެ މައްސަލައަކީ ޖިނާޢީ ތަހުގީގެއް މައްސަލައެއްތޯ ބެލުމަށް އެ މައްސަލައާއި ގުޅޭ ކަންކަން އިތުރަށް ދިރާސާކޮށް ބަލަމުންދާ ކަމަށްވެސް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ. ނަމަވެސް ހުށަހެޅުއްވި އެމައްސަލައިގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފަނޑިޔާރު ﷲދީދީ ޖޭއެސްސީގެ ފަސް މެންބަރުންގެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހުންގެ އިދާރާއަށް ހުށަހެޅީ އަދުލްއިންސާފު ގާއިމް ކުރުމަށް އެ ފަސް މެންބަރުން ހުރަސް އެޅުއްވިކަމަށް ވިދާޅުވެއެވެ.

(ޖޭއެސްސީ) ގައި ހިމެނިވަޑައިގަންނަވާ 10 މެންބަރުންގެ ތެރެއިން ފަސް މެންބަރަކާއި ދެކޮޅަށް ފަނޑިޔާރު އަބުދުﷲ ދީދީ މައްސަލަ ހުށަހެޅުއްވި އިރު، ޖޭއެސްސީން ދާދިފަހުން ވަނީ ފަނޑިޔާރު ﷲ ދީދީ ސަސްޕެންޑް ކުރަން ނިންމާފައެވެ. ނަމަވެސް ޖޭއެސްސީން ވަނީ އެ އަމުރު ގަބޫލު ނުކޮށް، ފަނޑިޔާރު ޑީޑީގެ ސަސްޕެންޝަން ދެމި އޮންނާނެ ކަމަށް ނިންމާފައެވެ.

ޖޭއެސްސީން އެގޮތަށް ނިންމި ނަމަވެސް، ސުޕްރީމް ކޯޓުގެ އަމުރު ދެމި އޮތުމުން ފަނޑިޔާރު ޑީޑީ މިހާރު ގެންދަވަނީ ރަސްމީ މަސައްކަތަށް ނިކުމެ ވަޑައިގަންނަވަމުން،،