ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން އެކުލަވާލި ނެޝަނަލް ސްޕޯޓްސް ކައުންސިލް އުވާލައިފިއެވެ.

ކުޅިވަރު އެސޯސިއޭޝަންސް ތަކުގެ ކަންކަމުގައި އެންމެ އިސްކޮށް ބަސް ބުނުމަށް ޔާމިން ސަރުކާރުން އެކުލަވާލި ސްޕޯޓްސް ކައުންސިލް އުވާލިކަން ހާމަކުރެއްވި މިސަރުކާރުގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފެވެ.

ކުއްލިގޮތައްކަށް ސްޕޯޓްސް ކައުންސިލް އުވާލެއްވިކަން ހާމަކުރައްވާ މަހުލޫފް ކުރައްވާފައިވާ ޓްވީޓެއްގަިއ ވިދާޅުވެފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެކުލަވާލާފައިވާ ސްޕޯޓްސް ކައުންސިލް ގާނޫނާއި، އެއްގޮތަށް އުވާލާފައިވާ ކަމަށާއި އެކައުންސިލް އަލުން އެކުލަވާލާނީ އިންތިހާބު ކުރަންޖެހޭ މެމްބަރުންނާއެކު ކަމަށެވެ.