ދެ މިނިސްޓްރީއަކަށް ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް ބޭފުޅުން އައްޔަންކުރައްވައިފި އެވެ.

އެގޮތުން ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް ބޭފުޅުން އައްޔަންކުރެއްވީ ޖެންޑަ މިނިސްޓްރީ އަށާއި ފިޝަރީޒް މިނިސްޓްރީ އަށެވެ.

ޖެންޑަ މިނިސްޓްރީއަށް އައްޔަންކުރެއްވީ ބ. ތުޅާދ، ހަވާއީ، އިބްރާހިމް ޒާހިދު އެވެ. ފިޝަރީޒް މިނިސްޓްރީއަށް އައްޔަންކުރެއްވީ ރ. މަޑުއްވަރީ، ހުސްނޫވިލާ، ނަސްރުﷲ ހުސައިން އެވެ.

ރައީސް އޮފީހުން ބުނީ މި މަގާމަށް މި ދެ ބޭފުޅުން ހަމަޖައްސެވީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މަގާމު އަދާކުރުމަށްޓަކައި ބޭނުންފުޅުވާ މަގާމުތަކަށް މީހުން އައްޔަން ކުރެއްވުމަށް ރައީސަށް ލިބި ވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށެވެ.