ރާއްޖޭގެ ދެކުނަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭތީ ވައިޓް އެލާޓެއް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، ވައިޓް އެލާޓް ނެރިފައި ވަނީ މ. އަތޮޅުން ފެށިގެން އައްޑޫސިޓީއާ ދެމެދަށް ކަމަށެވެ. އަދި މިއެލާޓް ނެރިފަިއ ވަނީ މިއަދު މެންދުރު 11:00 އިންފެށިގެން ހަވީރު 5:00 އަށް ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.