ލ. ގަމުގައި ހިންގާ ގެސްޓުހައުސްއެއްގެ ވޭނެއް ވަގަށް ގެންގޮސް އޭގައި ރޯކޮށްލައިފި އެވެ.

ފުލުހުން ބުނީ ވަގަށް ނަގައިގެން ގެންގޮސް ރޯކޮށްލާފައިވަނީ ގަމުގައި ހިންގާ އެމްއޯ ހޮޓެލްގެ ވޭނެއްގައި ކަމަށެވެ.

ވޭން ވަގަށް ގެންގޮށްފައިވަނީ ހޮޓެލް ކައިރީ ބާއްވާފައި އޮއްވާ ކަމަށާއި ވަގަށް ނަގައިގެން ގެންގޮސް އޭގައި ރޯކޮށްލާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ވޭނުގައި ރޯކޮށްލީ މުކުރިމަގު ހައްތެއްޔާ ދިމާ އިރުމަތީ ފަރާތު އަތިރި މައްޗަށް އެ ވޭން ގެންގޮސް ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 21:15 ހާއިރު ކަމަށާއި މިހާރު ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ވޭނުގައި ރޯކޮށްލާފައިވާ އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށާއި ވޭން ވަނީ ބޭނުންނުކުރެވޭ ވަރަށް އަދާފައި ކަމަށްވެސް ފުލުހުން ބުނެއެވެ.