ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހއ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު އެ އަތޮޅަށް ވަޑައިގެންފި އެވެ.

ރައީސް އިފީހުން ބުނީ އެމަނިކުފާނުގެ މި ދަތުރުފުޅުގައި ހއ. އަތޮޅު މޮޅަދޫ، އުލިގަމު، ތުރާކުނު، އިހަވަންދޫ އަދި މާރަންދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ނައިބް ރައީސްގެ މި ދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލުތަކާއި ބައްދަލުކޮށްލެއްވުމުގެ އިތުރުން އެ ރަށްރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް އޮޅުންފިލުއްވައި، އެތަންތަނުގެ ހާލަތު ބައްލަވައިލެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ރާއިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ނައިބް ރައީސް ފައިސަލް ނަސީމު ވަނީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވަޑައިގެން ރައްްޔިތުންނާ ބައްދަލުކުރައްވާފަ އެވެ.

މިބައްދަލުވުން ތަކުގައި ރައްޔިތުންނަށް ބޭނުންޖެހިފައިވާ ކަންތައްތައް އޮޅުންފިލުއްވާ އެކަންކަމަށް މިވެރިކަމުގައި ހައްލުގެނެސް ދެއްވާނެ ކަމަށް ވަނީ ވައުދުވެވަޑައިގެންފަ،،

އަދި އަތޮޅުތެރޭ ރައްޔިތުންގެ ހާލަތު ގާތުން ބައްލަވާނެ ކަމަށްވެސް ދެ ބޭފުޅުން ވަނީ ވައުދުވެވަޑައިގެންފަ އެވެ.