ދިރާގުގެ މޮބައިލް ނަންބަރުތަކަށް ގުޅުމަށާއި ޑޭޓާ ބޭނުން ކުރުމުގައި ދިމާވި މައްސަލަތައް ހައްލު ކޮށްފި އެވެ.

ދިރާގުން ބުނީ، ރޭ ފަތިހުން ފެށިގެން ދިމާވި މިމައްސަލައާ ގުޅިގެން އެ ކުންފުނީގެ މޮބައިލް ކަސްޓަމަރުންނަށް ގުޅުމާއި ޑޭޓާ ލިބުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށެވެ.

މިމައްސަލަ ދިމާވ ވަގުތު ދިރާގު ކަސްޓަމަރުންގެ މޮބައިލް ފޯނުތަކަށް ގުޅުމުން އަންނަ އެނައުންސްމަންޓްގައި ބުނަނީ ފޯނުތަކަށް ގުޅުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ދިރާގުން ބުނީ، ކުއްލި ގޮތަކަށް ދިމާވި މިމައްސަލަ މިހާރު މުޅިން ހައްލު ކޮށްފައިވާ ކަމަށާއި އަދި މިކަމުގައި ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށްޓަކައި ނިހާޔަތައް މާފަށް އެދޭ ކަމަށެވެ. އަދި މިހާރު ކުރިއެކޭ އެއްގޮތައް ހިދުމަތް ކަސްޓަމަރުންނަށް ލިބެމުން ދާނެ ކަމަށް ވެސް ދިރާގުން މައުލުމާތު ދެއެވެ.