ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު އާޖެންޓީނާއަށް ގެއްލިއްޖެ އެވެ.

އާޖެންޓީނާއަށް މިބާރު ގެއްލުނީ މުބާރުގެ ގްރޫޕް ބީގައި ރޭ ފަތިހު ޕެރެގުއޭއާ ދެކޮޅަށް ކުޅުނު މެޗް 1-1 ލަނޑުން އެއްވަރުވުމުންނެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ޕެރެގުއޭ އިނެނެވެ. އަލަނޑު މެޗުގެ 37 ވަނަ މިނެޓުގައި އެޓިމަށް ކާމިޔާބު ކޮށްދިނީ ރަފައެލް ސަންޗޭޒް އެވެ. އާޖެންޓިނާއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު 57 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓިއަކުން ކެޕްޓަން ލިއޮނަލް މެސީ އެވެ.

މިމެޗުން އާޖެންޓިނާއަށް ލިބުނު އެއްޕޮއިންޓާއެކު ގްރޫޕްގައި އެޓީމް އޮތީ މިހާތަނަށް ކުޅުނު ދެމެޗުން އެންމެ ފުލުގައެވެ. މިގްރޫޕްގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުން އެޓީމް ބަލިވެފައި ވަނީ ކޮލަމްބިއާ ވާދަކޮށް 2-0 ލަނޑުނެވެ.

މީގެ އިތުރުން މިގްރޫޕްގައި ރޭ ގަތަރާ ދެކޮޅަށް ކޮލަމްބިއާ ކުޅުނު މެޗް 1-0 ލަނޑުން ކޮލަމްބިއާއިން ކާމިޔާބުކޮށް އެޓީމް ވަނީ މިހާތަނަށް ކުޅުން ދެެޗް ކާމިޔާބުކޮށް ހަ ޕޮއިންޓާ އެކު ކުއާޓާ އިން ޖާގަ ހޯދައިފަ އެވެ. އަދި މިގްރޫޕްގެ ދެ ވަނައިގައި ކުޅުނު ދެމެޗުން ދެ ޕޮއިންޓާ އެކު ޕެރެގުއޭ އޮތްއިރު ގަތަރު އޮތީ ކުޅުނު ދެމެޗުން އެއް ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ތިން ވަނައިގަ އެވެ.

މިގްރޫޕްގެ ފަހު މެޗުގައި މިމަހުގެ 24 ވަނަ ދުވަހު ގަތަރު އަތުން އާޖެންޓީނާ މޮޅުވެ އަދި ކޮލަމްބިއާ އަތުން ޕެރެގުއޭ އަށް މޮޅެއް ލިބިއްޖެ ނަމަ ނަމަ ގްރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވިފައިވާ އާޖެންޓީނާ ކޮލިފައިވާނެ އެވެ.

މިމުބާރާތުގެ ތަށި އެންމެ ފަހުން ހޯދާފައި ވަނީ ޗިލީއިންނެވެ.