އެކުވެރިކަން ބަދަހިކޮށް ގުޅުން ގާާއިމްކުރުމުގެ ގޮތުން ނުވަ ޒުވާނުން ރާޅުގުޑީގައި ހދ. ކުޅުދުއްފުށިން ފުރައިގެން ށ.ފުނަދުއަށް ދަތުރުކޮށްފި އެވެ.

ށ. ފުނަދޫގައި ހުންނަ ވީނިއުސްގެ ރަށު ރިޕޯޓަރު މުހައްމަދު އިބްރާހިމް ބުނީ، "ގަމީސް ވައި ދަށަށް" ނަމުގައި ހދ. ކުޅުދުއްފުށީ ކައިޓް ބޯޑިންއިން އިންތިޒާމުކުރި މިހަރަކާތުގައި 10 ކައިޓް ސާފަރުން ބައިވެރިވިކަމަށެވެ. އަދި މިހަރަކާތުގައި ރާޅުގުޑީގައި ދަތުރުކޮށްފައިވަނީ ނުވަ ސާފަރުން ކަމަށާއި މިއީ މިހާތަނަށް ރާއްޖޭގައި ނުހުއްޓި ރާޅުގުޑީގައި ކުރި ފުރަތަމަ ދަތުރު ކަމަށް ވެސް އޭނަ ބުންޏެވެ.