ދިވެހިރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ ފެންވަރުގައި އިޝްތިހާރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެެއިން އިންޑިއާގައި ހާއްސަ ރޯޑް ޝޯ ތަކެއް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ފަށައިފިއެވެ.

ދިވެހި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް އިންޑިއާގައި ކުރިއަށް ގެންދާ ރޯޑްޝޯތައް ކުރިއަށްގެންދަނީ "ޖާނީ ޓު ދަ ސަނީ ސައިޑް" ގެ ނަމުގައެވެ. މި ރޯޑްޝޯތައް މިމަހުގެ 24 އިން 28 ނިޔަލަށް ސިލްސިލާ ގޮތެއްގައި ކުރިއަށާްގެންދިއުމަށް ނިންމާފައިވާއިރު، ރޯޑްޝޯތައް ބޭއްވުމަށް ނިންމާފައިވަނީ އިންޑިއާގެ ބެންގަލޫރު، މުމްބާއީ، ކޮލްކަތާ، ނިއުދިއްލި އަދި ޗަންޑިގަރ ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

މި ރޯޑްޝޯތަކުގައި ރާއްޖޭގައި ފަތުރުވެރިކަން ފުޅާކިޮށް ކުރިއެރުވުމަށް މަސައްކަތްކުރާ 25 ކުންފުންޠަކުން ބައިވެރިވާނެއެވެ. އަދި އިންޑިއާގައި ފަތުރުވެރިކަން ކުރިއެރުވުމުގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކަކާ ބައްދަލުކޮށް، ރާއްޖޭގެ ފަތުރުވެރިކް ކުރިއެރުވައި، އިޝްތިހާރުކުރުމާ ގުޅޭގޮތުން ގިނަ މަޝްވަރާތަކެއް ކުރެވިގެންދާނެ ކަަމަށް އެމްއެމްޕީއާރިސީން ވަނީ ބުނެފައެވެ.

މީގެ އިތުރުން އިންޑިއާގެ ހަތަރު ސިޓީއެއްގައި ކުރިއަށްގެންދާ މި ހަރަކާތުގެ ތެރެއިން ނަސީބުވެރި ދެފަރާތެއް ހޮވަން ވަނީ ނިންމާފައެވެ. އަދި މި ދެ ފަރާތަށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލު8މުގެ ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ.

ރާއްޖެއިން ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް މިހާރު ގެންދަނީ ކުރަމުންނެވެ. އެގޮތުން ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ޓްރެވަލް އެޖެންޓުންނާއި، ޓުއާ އޮޕަރޭޓަރުން ބައިވެރިވެގެން މިމަހުގެ 11 ވަނަ ދުވަހު ވަނީ ބާއްވާފައެވެ. މި ސަމިޓުގައި 200 އަށް ވުރެ ގިނަަ ޓްރެވަލް އެޖެންޓުން އަދި ޓުއާ އޮޕަރޭޓަރުންނާއި 140 އަށް ވުރެ ގިނަ ރިސޯޓް ތަކުގެ އޮފިޝަލުން ބައިވެރިވެފައިވެއެވެ.