ދިވެހިރާއްޖޭގައި އިސްލާމީ ޔުނިވަރސިޓީއެއް ހުރުން ލާޒިމް ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބުދުލްްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ، އިސްލާމިކް ޔުނިވަސިޓީ އާއި ޤައުމީ ޔުނިވަސިޓީގެ ޤާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ވަގުތެއްގައެވެ. ގިނަ އިސްލާހުތަކާއި އެކު ހުށަހެޅި މި ބިލް ތަަކަށް ބަހުސްކުރައްވަމުން ބައެއް މެންބަރުންވަނީ، އިސްލާމިކް ޔުނިވަސިޓީ ގައުމީ ޔުނިވަސިޓީގެ ގޮތްޕެއްގެ ގޮތުގައި ބަދަލުކޮށް، ދެ ޔުނިވަސިޓީ އެއްކޮށްލައިގެން ހިންގުމަށް ސަރުކާރަށް ގޮވާލައްވާފަައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހަށް އިލްތިމާސްކުރައްވައި، ކުރީގެ ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ އިސްލާމީ ސަހުސިއްޔަތު ރައްކާތެރިކުރުމަށާއި، އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި އަަގުތައް ދަސްކޮށްދީ ދެމެހެއްޓުމަށްޓަކައި ރާއްޖޭގައި އިސްލާމީ ޔުނިވަރސިޓީއެއް ހުރުން ލާޒިމް ކަމަށެވެ.