ދިވެހީންނަށް ރަޝިޔާއިން 90 ދުވަހުގެ އޮން-އެރައިވަލް ވިސާ ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިހާރު ރަޝިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ފޮރިން މިނިސްްޓްރީން ބުނީ މިއެއްބަސްވުމުގެ ބޭނުމަކީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ފަސޭހަކަމާ އެކު އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރެވޭނެ މަގު ފަހިކުރުން ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ރަޝިއާ ރައްޔިތުންނަށްވެސް ރާއްޖެއިން 90 ދުވަހުގެ އޮންއެރައިވަލް ވިސާ ލިބޭނެ އެވެ.