ހެޔޮ ބަދަލު ގެނައުމަށް އެމްޑީޕީން ކުރަން ހުރި މަސައްކަތްތައް އަދިވެސް ވަރަށް ގިނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ އެމްޑީޕީ އުފެދުނުތާ މިއަދަށް 14 އަހަރުވުމާ ގުޅިގެން އެމަނިކުފާނު ކުރެއްވި ޓްވީޓެއްގަ އެވެ.

ރައީސް ވިދާޅުވީ ރައްޔިތުން އެދޭ ހެޔޮ ބަދަލު ގެނައުމަށް މި ވޭތުވެދިޔަ 14 އަހަރު އެމްޑީޕީގެ ހުރިހާ މެންބަރުން އެތައް ގުރުބާނީއެއް ވެފައިވާ ކަމަށެވެ. އެކަމަކު ކުރަންހުރި މަސައްކަތްތައް އަދިވެސް ވަރަށް ގިނަ ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.