ކުރިން ކުއްޔަށް ދޫކުރަމުން އައި މާފަންނު ފުޓްސަލް ޓާފް ދަނޑު މިއަދުން ފެށިގެން ހިލޭ ދޫކުރުމަށް ނިންމާފައިވާ ކަމަށް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

މަހުލޫފް މިއަދު ކޮށްފައިވާ ޓުވީޓެއްގައި ވިދާޅުވީ ގަޑިއަކަށް 2000 ރުފިޔާ، ނޫނީ 1000 އަދި 500 ރުފިޔާއަށް ދޫކުރަމުން ގެންދިޔަ ފުޓްސަލް ޓާފް މިއަދުން ފެށިގެން ހިލޭ ދޫކުރަން ނިންމާފައިވާ ކަމަށެވެ. އަދި ދަނޑު ދޫކުރުމަށް ހަމަޖެހިފައިވަނީ މެންދުރު 14:00އިން 18:00އަށް އެފްއޭއެމްއަށް ކަމަށާއި، އެހެން ގަޑިތަކުގައި ކުޅެން ދާން ބޭނުންވާ ފަރާތްތަކުން އެކުވެނީގައި ނަން ނޯޓު ކުރުމަށްވެސް މިނިސްޓަރުގެ ޓްވީޓްގައި ބުނެފައިވެއެވެ.