މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގައި ހުރި މީހެއްގެ ލޮލަށް ބުޅިއެއް ހެރިގެން، ސިއްހީ އަވަސް ފަރުވާ ދިނުމަށް އެމީހާ މާލެ ގެނައުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، މިހާދިސާ ހިނގި ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު ހެނދުނު 9:47 ހާއިރު ކަމަށައި މިހާދިސާގައި ލޮލަށް ބުޅި ހެރިފައި ވަނީ "ދިރާސާ" ނަމަކަށް ކިޔާ ފ. ފީއަލީގެ ދޯންޏެއްގައި ހުރި 57 އަހަރުގެ ދިވެއްސަކަށް ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، މިހާދިސާ ހިނގީ އދ. މަންދޫގެ ހުޅަނގުން 111 ނޯޓިކަލް މޭލު ބޭރުގައި މަސްބާނަމުން ދަނިކޮށް ކަމަށެވެ.