މާލޭގެ އަބަދަށްފެހި މަގުގައި ހުންނަ ފިހާރައެއް ފަޅާލައި، ދެ ތިޖޫރީ ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ މިމައްސަލަ ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 8:21 ހާއިރު ކަމަށެވެ.

ފަޅާލާފައިވަނީ ލިންކް ސާވްގެ ފިހާރައެއް ކަމަށްވާ ރެޑްބޮކްސް އެވެ.

ފުލުހުން ބުނީ މި ފިހާރައިގައި ހުރި ދެ ތިޖޫރި ވަގަށް ނަގާފައިވާ ކަމަށާއި މިތަނުން އެއް ތިޖޫރީގައި 4،000 ރުފިޔާ ހުރި ކަަމަށް މައުލޫމާތު ލިބިފައިވާ ކަަމަށެވެ. އަދި އަނެއް ތިޖޫރީގައި އެއްވެސް ވަރަކަށް ފައިސާ ނުހުންނާނެ ކަމަށް ފިހާރައިގެ ވެރިފަރާތުން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެެވެ.

މިމައްސަލައިގެ ތުހުމަތުގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ފުލުހުން އިތުރަށް ބުނީ މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.