ދިވެހިންގެ އާދަކާދައާއި ސަގާފަތް ފެނިގެންދާނެ ފަދަ ގޮތަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓާމިނަލް ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް ސައުދީ ބިންލާދީން ގްރޫޕް (އެސްބީޖީ)އާއި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ދެމެދު ސޮއިކޮށްފި އެވެ.

އެސްބީޖީއާ މި މަސައްކަތް ހަވާލުކުރުމަށް މިއަދު ވީއައިއޭގައި ބޭއްވި ރަަސްމިއްޔާތުގައި އެމްއޭސީއެލްގެ ފަރާތުން ކޮންޓްރެކްޓުގައި ސޮއިކުރެއްވީ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު އެވެ. އަދި އެސްބީޖީގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެކުންފުނީގެ ޗީފް އޮޕަރޭޝަން އޮފިސަރު އިންޓަނޭޝަން ޕައުލޯ ޕީގީ އެވެ.

މި ޕްރޮޖެކްޓާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ އިންފްރާސްޓްރަކްޗާ ޑިވްލޮޕްމަންޓުގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު މުހައްމަދު ސޮލާހް ވިދާޅުވީ މި ޕްރޮޖެކްޓަށް ހަރަދުކުރުމަށް ހަމަޖައްސާފައިވަނީ 375.2 މިލިއަން ޑޮލަރު ކަމަށެވެ. އަދި އިތުރު ހަރަދެއް މި ޕްރޮޖެކްޓަށް ނުދާނެ ކަމަށްވެސް ވިދާޅުވި އެވެ. މި ޕްރޮޖެކްޓް ނިމޭނެ ކަަމަށް ލަފާކޮށްފައިވަނީ 2022 ވަނަ އަހަރުގެ ތެރޭގައި ކަމަށްވެސް ސޮލާހު ވަނީ ފާހަގަކުރައްވާފަ އެވެ.

ސޮލާހް ވިދާޅުވީ ޕަސެންޖަރ ޓާމިނަލް ބަދަލުކުރާއިރު ޓާމިނަލްގެ އިންޓީރިއާ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ޓާމިނަލްއިން ދިވެހިންގެ ދިވެހިވަންތަކަން ވަރަށް ބޮޑަށް ދައްކާލެވިގެންދާނެ ކަން ސޯލިހު ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ދިވެހިންގެ ތާރީހާ ގުޅުންހުރި ގިނަ ކަންތައްތަކެއްވެސް ފެނިގެންދާޏެ ކަމުގައި ވިދާޅުވި އެވެ.

ސޮލާހް ވިދާޅުވީ ޕަސެންޖާ ޓާމިނަލްގެ އިިންޓީރިއާއަށް ބޮޑު ބަދަލެއް ގެނެވުނު ނަމަވެސް ޓާމިނަލްގެ ސައިޒަށް އެއްވެސް ބަދަލެެއް ގެންނަން ނިންމާފައި ނުވާ ކަމަށެވެ.

އެމްއޭސީއެލްއިން އިތުރަށް ބުނީ ޓާމިނަލްގެ އިންޓީރިއާއަށް ގެންނަ ބަދަލުގެ އިތުރުން އެއާޕޯޓަށް އެހެނިހެން ބައެއް ބަދަލުތައް ވެސް ގެންނަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ހަ ޕަސެންޖާ ބޯޑިން ބްރިޖް، 1500 ސްކެއާ މީޓަރުގެ ފްލޯއޭރިއާ، 28 ކައުންޓަރު، 345 މީޓަރުގެ ދިގު ބެލްޓް، 7 އީ ގޭޓް، 24 ސީޕްލޭން ޗެކިން ކައުންޓަރު، ޓޫރިސްޓު ރިސެޕްޝަލް ކައުންޓަރަށް 1000 އަކަމީޓަރު، 19 ރިސޯޓް ލަޖުންޖު، ޓާމިނަލް- ޑިޕާޗާ، ޗެއިން އަދި ސްކްރީން ކުރާ އޭރިއާ، 2500 އަކަމީޓަރު، 50 ޗެކިން ކައުންޓަރު، 20 ކައުންޓަރު، 6 އީގޭޓް، ސެކިއުރިޓީ ސްކްރީނިން އަށް 1500 އަކަމީޓަރު، 10 ސްކްރީނިން މެޝިން، 1800 އަކަމީޓަރުގެ ވީއައިޕީ ލައުންޗު އޭރިއާ، ދެ އައިސޮލޭޓެޑް ހޯލްޑިން ރޫމްވެސް ތަރައްގީކުރުމަށް ހަމަޖައްސާފައިވެ އެވެ.