އުރީދޫ މޯލްޑިވްސް އިން އައްޑޫ ސިޓީގައި މާދަމާ ބާއްވާ އުރީދޫ ކަލާރަންގެ ހަރަކާތްތަކާއެކު ކުރިއަށް އޮތް ހަފްތާ ބަންދު އައްޑޫ ސިޓީ ވަރަށް ފޯރިގަދަ ވާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

އުރީދޫއިން ބުނީ، ކުރިއަށްއޮތް ހަފްތާ ބަންދުގައި އައްޑޫސިޓީގައި ކުރިއަށްގެންދާ އުރީދޫ ކަލަރ ރަން، ގުޑި މަހާސަމާ، އަދި ޓްވިޓްސާފު އައްޑޫ އެޑިޝަންގައި ބައިވެރިވުމަށް އައްޑޫގެ ލޮބުވެތި ރައްޔިތުންނަށް މިހާރު ދައުވަތުއަރުވާފައިވާ ކަމަށެވެ. ގުޑި މަހާސަމާގެ ހަރަކާތްތައް މަދަމާ ހެނދުނު 8.00 ން 10.00 އަށް ހިތަދޫ ސްޓޭޖް ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، އުރީދޫ ކަލަރ ރަން ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު ހިތަދޫ ސްޓޭޖް ސަރަހައްދުގައި ކަމަށް ވެސް އުރީދޫއިން މައުލުމާތު ދެއެވެ.

ކަލަރ ރަން އާއި މަހާސަމާގެ ހަަރަކާތްތަކުގެ އިތުރުން އުރީދޫ އާއި ގުޅިގެން، ޓްވިޓްސާފުން ދަނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު އައްޑޫގައި ސާފުކުރުމުގެ އިވެންޓެއް ބޭއްވުމަށް ވެސް ތައްޔާރުވަމުން ކަމަށެވެ. އަދި މިހަރަކާތުގެ އިފްތިތާހީ ހަފްލާ ކުރިއަށްދާނީ، ހޮނިހިރު ދުވަހުގެ ހަވީރު 3.00 ޖަހާއިރު، ހިތަދޫ ސްޓޭޖް ސަރަޙައްދުގައި ކަމަށައި މިހަރަކަތް ހަރަކާތްތައް ކުރިއަށްދާނީ، ހިތަދޫ، މަރަދޫ ފޭދޫ އަދި ހުޅުމީދޫގެ ތަފާތު ސަރަހައްދުތަކުގައި ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

ސްޕޯޓްސް މިނިސްޓްރީއާ ގުޅިގެން ކުރިއަށްގެންދާ އުރީދޫ ކަލަ ރަންގައި ބައިވެރިވާ މީހުންނަށް ދެ ކިޓެއް އުރީދޫން ވަނީ ހުށަހަޅާފަ އެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެއް ކަން ފަހަގަ ކުރައްވާ އުރޫދޫއިން ބުނީ، މިރަން އައްޑޫގައި ކޮންމެ ކިލޯމީޓަރއެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެ ކަމަށެވެ. އަދި މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެ ކަމަށް ވެސް އުރީދޫއިން މައުލުމާތު ދެއެވެ.