ޓީވީ ޕްރޮޑިއުސަރު އިލިޔާސް ވަހީދުގެ ފުރަތަމަ ފީޗާ ފިލްމު "ބަވަތި" ސެޕްޓެންބަރުމަހުގެ 2ވަނަ ދުވަހު ރިލީޒްކުރުމަށް ނިންމާފައިވާއިރު، ފިލްމުގެ އޮފިޝަލް ޓްރެއިލާ މިހާރު ވަނީ ދައްކާާލާފައެވެ. ނަމަވެސް "ބަވަތި"ގެ އޮފިޝަލް ޓްރެއިލާ އަދި ދައްކާލާފައިވަނީ އޮލިންޕަހުގައި އެކަންޏެވެ.

މިމަހުގެ ފުރަތަމަ ދުވަހު ރިލީޒްކުރި ޑާކްރެއިންގެ "މާމުއި" ދައްކަން ފެށުމުގެ ކުރިން އޮލިންޕަހުގައި ވަނީ "ބަވަތި"ގެ އޮފިޝަލް ޓްރެއިލާ ދައްކާލާފައެވެ.

އަދި އެ ރެއިން ފެށިގެން ކޮންމެ ރެއަކުވެސް ފިލްމު ދައްކަން ފެށުމުގެ ކުރިން އޮލިންޕަހުގައި "ބަވަތި"ގެ ޓްރެއިލާ ދައްކާލާނެއެވެ. ފުރަތަމަ ރޭވެސް ޓްރެއިލާ ދައްކާލުމުން މުޅި އޮލިންޕަސް ވަނީ ތަރުހީބުގެ އަތްތިލަބަޑިއަކުން ގުގުމާލާފައެވެ.

"ބަވަތި" މި ފިލްމަށް ދިވެހި ފިލްމީ އޯޑިއެންސް އިންތިޒާކުރާ މިންވަރު އެކަމުން ވަނީ ހާމަވެގެންގޮސްފައެވެ.