ޑާކްރެއިން އެންޓަޓެއިންމަންޓުން މިއަހަރު ގެނެސްދިން ދެވަނަ ފިލްމު "މާމުއި"ގެ ހައުސްފުލް ޝޯތައް އޮލިންޕަހުގައި ދަނީ ދައްކަމުންނެވެ. މިމަހުގެ 1ވަނަ ދުވަހުގެ ރެއިން ފެށިގެން ހައުސްފުލް ޝޯތައް ދައްކަމުންދާއިރު، "މާމުއި" ބެލި ހުރިހާ ބެލުންތެރިން ވަނީ ފިލްމާއިމެދު ހިތްހަމަޖެހުން ފާޅުކޮށްފައެވެ.

ޑާކްރެއިންއިން އުފެއްދި އެންމެ އަގުބޮޑު މި ފިލްމަކީ ފަހުގެ ތާރީޚެއްގައި މިހާ ބޮޑު ކާސްޓަކާއިއެކު އުފައްދާފައިވާ ފުރަަތަމަ ފިލްމެވެ.

އަހަރުގެ ބޮޑު ފިލްމުކަމަށް ކުރިންވެސް ބެލެވުނު "މާމުއި" ހަގީގަތުގައިވެސް ވެގެން މިދިޔައީ މިއަހަރުގެ ބޮޑު ފިލްމަށެވެ. ބެލުންތެރިންގެ ކޮމެންޓްތަކުން އެކަން ޔަގީންކުރެވެއެވެ.

މި ބަލާލަނީ އަހަރުގެ ބޮޑު ފިލްމު "މާމުއި" ބަލަންޖެހޭ ބައެއް ސަބަބުތަކަށެވެ.