މާފުށިގައި މޫދަށް އެރި އެޅުނު ކުޑަކުއްޖަކު ގެނބިގެން މަރުވެއްޖެއެވެ.

މިއަދު މެންދުރުފަހު ހިނގި މިހާދިސާގައި ގެނބިގެން މަރުވެފައި ވަނީ އުމުރުން 4 އަހަރުގެ ދިވެހި ކުޑަ ފިރިހެން ކުއްޖެކެވެ.

އެކުއްޖާއަކީ އާއިލާ އާއި އެކު މާފުއްޓަށް ޗުއްޓީ ހޭދަކޮށްލަންގޮސް އުޅުނު ކުއްޖެކަމުގައި އެނގިފައިވެއެވެ.

ވީނިއުސް އާއި މައުލޫމާތު ހިއްސާކުރި ފަރާތަކުން ބުނެފައިވަނީ އެކުއްޖާ ގެނބިގެން ސިއްޚީ މަރުކަޒަށް ގެންދިޔައިރުވެސް އެއްވެސް ހަރަކާތެއް ނެތްކަމަށެވެ.

އަދި ސިއްޙީ މަރުކަޒަށް ގެނައި އިރުވެސް ކުއްޖާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމުގައި މައުލޫމާތު ލިބިފައިވެއެވެ.

މިމައްސަލަ ފުލުހުން ދަނީ މިހާރު ދަނީ ތަހުޤީޤު ކުރަމުންނެވެ.