އުތުރު އެމެރިކާ އަދި މެދުތެރޭ އެމެރިކާގެ ގައުމުތަކުގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް، ކޮންކަކަފް ގޯލްޑް ކަޕުގެ ޗެމްޕިއަންކަން ސަރަހައްދީ ބޮޑު ބާރު މެކްސިކޯއިން ހޯދައިފިއެވެ.

އެމެރިކާގެ ޝިކާގޯގައި މާލޭގަޑިން މިއަދު ހެނދުނު ކުޅުނު ފައިނަލްގައި މެކްސިކޯ މޮޅުވީ ކުރީގެ ޗެމްޕިއަން އެމެރިކާއާ ވާދަކޮށް އެކެއް ސުމަކުންނެވެ. މެޗުގެ ހަމައެކަނި ގޯލް ޖަހައިދިނީ 73 ވަނަ މިނިޓުގައި ޖޮނަތަން ޑޮސް ސަންތޯޝް އެވެ. އޭނާއަކީ އެމެރިކާގެ ލީގުގައި ގެލެކްސީއަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ.

މިއީ މި މުބާރާތް މެކްސިކޯ ކާމިޔާބުކުރި އަށްވަނަ ފަހަރެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީވެސް އެއީއެވެ. މިއީ ކޮޕަ އެމެރިކާ ފަދައިން ކޮންމެ ދެއަހަރަކުން އެއްއަހަރު ބާއްވާ މުބާރާތެކެވެ. މިފަހަރު ކޮޕާ އެމެރިކާ އާއި ގޯލްޑްކަޕް ބާއްވާ ދުވަސްވަރު މުޑިއެރުމުގެ ސަބަބުން ކޮޕާގައި ބައިވެރިވުމަށް ކޮންކަކަފުގެ ގައުމަކަށް ކޮންމެބޮލްއިން ދައުވަތެއް ނުދެއެވެ. އެހެންނޫނީ ދޭތެރެއަކުން އެސަރަހައްދުގެ ގައުމަކަށް ދެގައުމަކަށް ދައުވަތުދެއެވެ. މިފަހަރު ދައުވަތު ދިނީ އޭއެފްސީގެ ގަތަރާއި ޖަޕާނަށެވެ.

ގޯލްޑްކަޕް މިފަހަރު ބޭއްވީ ތިންގައުމެއްގައެވެ. އެއީ އެމެރިކާ އާއި ކޮސްޓަރިކާ އަދި ޖެމޭކާއެވެ. މުބާރާތް މިއަދު ނިމުނުއިރު ހުރިހާގޮތަކުން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މެކްސިކޯގެ ރައުލް ޖިމިނޭޒެވެ. އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކީ ކެނެޑާގެ ޖޮނަތަން ޑޭވިޑެވެ. އޭނާގެ އަދަދަކީ ހަޔެކެވެ.