މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ޓީސީ ސްޕޯޓްސް ކުލަބަށް ބިދޭސީ މިޑްފީލްޑަރެއް ގެެނެސްފި އެވެ.

ވީނިއުސްއާ ވާހަކަ ދައްކަމުން ޓީސީގެ އިސް އޮފިސަލަކު ބުނީ، އެކުލަބަށް މިފަހަރު ގެނައި މިޑްފީލްޑަރަކީ މީގެ ކުރިން ވެސް ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ގިނަ ކުލަބްތަކަށް ކުޅެފައިވާ ސްޕެއިންގެ އެންހެލް މުނޯޒް ކަމަށެވެ. އަދި އޭނާ ޓިސީއަށް ސޮއި ކޮށްފައި ވަނީ މީގެ ދެތިން ދުވަސް ކުރިން ކަމަށާއި ލީގުގައި ކުރިއަށް އޮތް މެޗުގައި އޭނަ ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އޮފިސަލް ބުންޏެވެ.

ކުލަބް ވެލެންސިއާ އާއި އީގަލްސް އާއި ވިކްޓަރީގެ އިތުރުން އއ. މާޅޮހަށް މީގެ ކުރިން ކުޅެފައިވާ މުނޯޒް ޓިސީއާ ގުޅުނުއިރު، އެޓީމުގައި މިވަގުތު މޮނޯޒާއެކު ޖުމްލަ ހަތަރު ބިދޭސީ ކުޅުންތެރިން އެބަތިއްބެވެ. އެއީ މިސްރަށް އުފަން ޑިފެންޑަރު އަލާ ނާސިރާއި ވިންގް މުސްތަފާ ކަހުރަބާގެ އިތުރުން ނޭޕާލްގެ ޒުވާން ފޯވާޑް ބިމަލް ގާތީ އެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗު ވެސް ކާމިޔާބު ޓީސީއިން މިހާރު ކުރިއަށްދާ ދިވެހި ޕްރިމިއާ ލީގްގައި އޮތީ މިހާތަނަށް ކުޅުނު ފަސް މެޗުން ލިބުުނު އަށް ޕޮއިންޓާއެކު ތާވްލްގެ ތިން ވަނަ މަގާމްގައެވެ.

ލީގުގައި ޓީސީ ދެން އެންމެ އަވަހަށްވެސް ކުޅޭ މެޗުގައި އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ނިކުންނާނީ ފޯކާދޫއާ ދެކޮޅަށެވެ.