ބަތަލާ ކަންގަނާ ރާނޯޓް އަދި ބަތަލު ރާޖްކުމާރް ރާއޯގެ ކުރިއަށް އޮތް ފިލްމު "ޖަޖްމެންޓަލް ހޭ ކިޔާ"ގެ ފުރަތަމަ ލަވަ ނެރެފި އެވެ.

"ދަ ވަކްރާ ސޯންގް"ގެ ނަމުގައި ނެރުނު މި ލަވަޔަކީ 2015 ވަނަ އަހަރު ނަވް އިންދަރް އަދި ބާދްޝާ އެކީގައި ނެރުނު މަޝްހޫރު ލަވަ "ވަކްރާ ސްވެގް"ގެ ރީމޭކެވެ.

ކަންގަނާ އަދި ރާޖްކުމާރް ތަފާތު ގޮތަކަށް ފެނިގެންދާ މި ލަވަ ޔޫޓިއުބްގައި ރިލީޒްކުރިތާ އެންމެ 4 ގަޑިއިރު ތެރޭ 4 ލައްކައަށް ވުރެ ގިނަ ވިއުސް ލިބިފައިވާއިރު "ވަކްރާ ސްވޭގް"ގެ މި އާ ވާޝަން ކިޔާފައިވަނީ ނަވް އިންދަރާއި ލީސާ މިޝްރާ އެވެ. އަދި ލަވައިގެ ރެޕް ބައި ކިޔާފައިވަނީ އިންޑިއާ އާއިލާއަކަށް ނިސްބަތްވާ އެހެންނަމަވެސް އެމެރިކާއަށް އުފަން ރެޕަ ރާޖާކުމާރީ އެވެ.

ލަވައިގެ މިއުޒިކް ރީމޭކްކޮށްފައިވަނީ ކޮމްޕޯޒަ ތަނިޝްޤް ބާގްޗީއެ ވެ. އަދި ލަވައިގެ ކޮރިއޯ ހަދާފައިވަނީ ބޮސްކޯ މަރޓިސް އެވެ.