އަހަރުތަކަކަށް ފަހު ދޯސްތާނާ-2 އިއުލާން ކުރިއިރު ފިލްމުގެ ބަތަލުންގެ ގޮތުގައި ކާތިކް އާރްޔަން އަދި ޖާންވީ ކަޕޫރް ހަމަޖައްސައިފި އެވެ.

މި ދެމީހުންގެ އިތުރުން ފިލްމުގެ ދެވަނަ ބަތަލެއްގެ ގޮތުގައި ފެންނާނެ އެކްޓަރެއް އަދި އިއުލާންކޮށްފައެއް ނުވެ އެވެ.

މި ފިލްމުން ރާޖްކުމާރް ރާއޯވެސް ފެނިގެންދާނެ ކަމަށް ބައެއް ރިޕޯޓްތައް ބުނަމުންދާއިރު ފިލްމުގައި ކާތިކް އަދި ޖާންވީއަކީ ދެބެން ކަމަށްވެސް ރިޕޯޓްތައް ދަނީ ބުނަމުންނެވެ.