ބާހޫބަލީން ބޮޑު މަޝްހޫރުކަމެއް ހޯދި އެކްޓަރު ޕްރަބާސްގެ ފުރަތަމަ ބޮލީވުޑް ފިލްމު "ސާހޯ"ގެ ފުރަތަމަ ލަވަ ނެރެފި އެވެ.

ޝްރައްދާ ކަޕޫރާ އެކު ޕްރަބާސް ކުޅެފައިވާ މި ފިލްމުން ފުރަތަމަ ނެރުނު ލަވައަކީ "ސައިކޯ ސައްޔާ" އެވެ.

މިލަވަ ވަނީ ހިންދީ، ތެލުގޫ، މަލަޔާލަމް އަދި ތަމަޅަ ބަހުން ނެރެފަ އެވެ.

ދަވާނީ ބަނުޝާލީ ކިޔާފައިވާ މި ލަވައިގެ މިއުޒިކް ކޮމްޕޯޒް ކޮށްފައިވަނީ ތަނިޝްޤް ބާގްޗީ އެވެ.

ލަވަ ޔޫޓިއުބްގައި މިއަދު ރިލީޒްކޮށްފައިވާއިރު ހިންދީ ލަވައަށް 4 ގަޑިއިރުތެރޭ ދެ މިލިއަނަށް ވުރެ ގިނަ ވިއުސް ވަނީ ލިބިފަ އެވެ.

މި ލަވައިގެ ލިރިކްސް ލިޔެފައިވަނީ ލަވައިގެ މިއުޒިކް ހެދި ކޮމްޕޯޒަ ތަނިޝްޤާއި ސީރްޖޯއާއި ގުޅިގެންނެވެ.