ލ. އަތޮޅާއި ތ. އަތޮޅު އަދި މ. އަތޮޅުގެ ބައެއް ރަށްރަށް ކޯޒްވޭތަކަކުން ގުޅުވާލުމަށް ނިންމައި އެ މަޝްރޫއުގެ އާއި ގުޅޭ މަސައްކަތްތައް ކުރާނެ ބަޔަކު ހޯދުމަށް ހުޅުވާލައިފި އެވެ.

ޕްލޭނިން މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ލ. އަތޮޅާއި ތ. އަތޮޅު އަދި މ. އަތޮޅުގެ ބައެއް ރަށްރަށް ކޯޒްވޭތަކަކުން ގުޅާލުމަށް ބޭނުންވާ ޑިޒައިން ތައްޔާރުކުރުމަށާއި އެންވަޔަރަންމަންޓް އިމްޕެކްޓެ އެސެސްމަންޓަށް ބޭނުންވާ އެންވަޔަރަންމަންޓަލް ކޮންސަލްޓަންސީއާއި ރިޕޯޓު ތައްޔާރުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.

މި މަސައްކަތާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އަންނަ ބުދަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރު ޕްލޭނިން މިނިސްޓްރީގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ.