މާލޭގައި އުމުރުން 15 އަހަރުގެ އަންހެންކުއްޖަކު ރޭޕްކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާއިން ބުނީ މާލޭގެ ގެއެއްގެ ތެރޭގައި އުމުރުން 15 އަހަރުގެ އަންހެންކުއްޖަކު ރޭޕްކޮށްފައި ވަނީ އުމުރުން 17 އަހަރުގެ ފިރިހެންކުއްޖަކާއި އުމުރުން 22 އަހަރުގެ ފިރިހެނަކާއި ދެމީހުން ބައިވެރިވެގެން ކަމަށެވެ.

ފުލުހުން ބުނީ އެމައްސަލައިގެ 17 އަހަރުގެ ފިރިހެންކުއްޖާ އާއި 22 އަހަރުގެ މީހާވެސް ހައްޔަރުކޮށްފައި ވާކަމަށެވެ.

އަންހެންކުއްޖާ ރޭޕްކޮށްފައި ވަނީ 22 އަހަރުގެ ފިރިހެންމީހާ ދިރިއުޅޭ ގެއަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެ އަންހެންކުއްޖާ ގެންދިޔުމަށް ފަހުގައެވެ.

މިމައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުޤީޤު ކުރަމުންނެވެ.