މާލޭގައި ވައިގޮޅިއެއްގެ ތެރެއަށް ވެއްޓި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.

މާފަންނުގެ ގެއެއްގައި ހިނގި މިހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 76 އަހަރުގެ ދިވެހި އަންހެނަކަށެވެ.

ފުލުހުން ބުނީ މިހާދިސާގައި އަންހެން މީހާގެ ކަނާއަތު ފައިގެ ފަލަ މަސްގަނޑާ ހަމައިން ބިންދައިގެން ގޮސް، ވައަތުފައިގެ ކުޑަހުޅުންވެސް ބިންދައިގެން ގޮސްފައިވާ ކަމަށެވެ.

މީގެއިތުރުން ބޮލުގެ ފުއްކިބައިގެ ބައެއް ފަޅައިގެން ދިއުމުގެ އިތުރަށް ބައެއް އެހެން އަނިޔާތައް ވެސް ލިބިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.

ފުލުހުން ބުނީ ރޭ މެންދަމު 1:30 ހާއިރު ހިނގި މިހާދިސާއާއި ގުޅިގެން އަންހެން މީހާ އަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންދިޔައީ ފުލުހުން ކަމަށެވެ.

ފުލުހުން ބުނީ މިމައްސަލަ އިތުރަށް ބަލައި ތަހުގީގުކުރަމުންދާ ކަމަށެވެ.