ގްރޭންޑް ޕާކް ކޮއްދިއްޕަރު ރިސޯޓަށް ވޯލްޑް ލަގްޒަރީ ސްޕާގެ ތިން އެވޯޑެއް ލިބިއްޖެ އެވެ.

ކޮއްދިއްޕަރު ރިސޯޓަށް ލިބިފައިވާ އެވޯޑް ތަކަކީ ލަގްޒަރީ ސްޕާ ރިޓްރީޓް އެވޯޑާއި، ލަގްޒަރީ ޑެސްޓިނޭޝަން ސްޕާ އެވޯޑުގެ އިތުރުން ލަގްޒަރީ އެކޯ ސްޕާ އެވޯޑެވެ.

މި ތިން އެވޯޑަކީވެސް އޭޝިއާ ބައްރުގެ ލެވަލްގައި ލިބުނު އެވޯޑު ތަކެކެވެ. ކޮއްދިއްޕަަރަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ ވޯޓުން ލިބުނު މި އެވޯޑުތައް އެ ރިސޯޓަށް ލިބުނު މިއީ ދެވަނަ ފަހަރެވެ.

ކޮއްދިއްޕަރު ރިސޯޓަށް މި އެވޯޑު ދީފައިވަނީ މި މަހުގެ ހަވަނަ ދުވަހު ރަޝިއާގައި ބޭއްވި ހާއްސަ ހަފްލާ އެެއްގަ އެވެ. މި ހަފްލާގައި 90 ގައުމުން ބައިވެރިވެފައިވެ އެވެ.

މާލެ އަތޮޅުގައި ތަރައްގީކޮށްފައިވާ މި ރިސޯޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 15 ވަރަކަށް މިނެޓްތެރޭ ދެވޭނެ އެވެ.

ކޮއްދިއްޕަރު ރިސޯޓަކީ ކުރިން ދަތުރުދާ ރަށެއްގެ ގޮތުގައި އޮތް ރަށެކެވެ. އެރަށް ތަރައްގީކޮށް ކޮށްދިއްޕަރު ރިސޯޓުގެ ގޮތުގައި ހުޅުވާފައިވަނީ 2017 ވަނަ އަހަރު އެވެ. އެ ރިސޯޓުގައި 120 ވިލާ ހުރެ އެވެ.