ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިމުމަކާ ގާތްވެއްޖެ އެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ބުނީ އެ އެއާޕޯޓްގައި އަޅާ އާ ސީޕްލޭން ޓާމިނަލްގެ ސްޓްރަކްޗާގެ މަސައްކަތް ނިންމައި ސީޕްލޭން ޕާކް ކުރާ ޑޮކިން ޕްލެޓްފޯމުތައް ހަރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ޓާމިނަލްގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ އެއާކޮންޑިޝަން ހަރުކޮށް ކަރަންޓާއި ފެން ވައިރު ކުރުމުގެ މަސައްކަތްތަކެވެ.

ސީޕްލޭން ޓާމިނަލްގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު އެވެ.