މާލޭގައި ވައިގޮޅިއެއްގެ ތެރެއަށް ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ މިއަދު މަރުވެއްޖެ އެވެ.

މ. ބަނާނާލީފްގޭގެ ވައިގޮޅިން ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވީ ލ. ކަލައިދޫ ހަވީރީގޭ އުމުރުން 76 އަހަރުގެ ނަސީމާ ދާއޫދު އެވެ.

ފުލުހުން ބުނީ މިހާދިސާގައި ނަސީމާގެ ކަނާއަތު ފައިގެ ފަލަ މަސްގަނޑާ ހަމައިން ބިންދައިގެން ގޮސް، ވައަތުފައިގެ ކުޑަހުޅުންވެސް ބިންދައިގެން ގޮސްފައިވާ ކަމަށެވެ.

މީގެއިތުރުން ބޮލުގެ ފުއްކިބައިގެ ބައެއް ފަޅައިގެން ދިއުމުގެ އިތުރަށް ބައެއް އެހެން އަނިޔާތައް ވެސް ލިބިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.

ފުލުހުން ބުނީ ރޭ މެންދަމު 1:30 ހާއިރު ހިނގި މިހާދިސާއާއި ގުޅިގެން ނަސީމާ އަށް ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންދިޔައީ ވެސް ފުލުހުން ކަމަށެވެ.

ފުލުހުން ބުނީ މިމައްސަލަ އިތުރަށް ބަލައި ތަހުގީގުކުރަމުންދާ ކަމަށެވެ.