އިނގިރޭސިވިލާތުގެ ލިވަޕޫލްއަށް ކުޅޭ ބެލްޖިއަމް ގައުމީ ޓީމުގެ ކުޅުންތެރިޔާ ޑިވޮކް އޮރީގީ އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން އޮރިގީ ލިވަޕޫލްއާއެކު ހަދާފައިވާ އާ އެއްބަސްވުމުގެ ދަށުން އޭނާގެ ރިލީޒް ކްލައުޒްއެއް ހިމެނޭއިރު މިއީ ދިގު މުއްދަތުގެ އެއްބަސްވުމެކެވެ. އޭނާ ކުރިން އެ ކްލަބާއެކު ހެދި އެއްބަސްވުން ހަމަވާގޮތަށް އޮތީ 2020 ވަނަ އަހަރަށެވެ.

އޮރިގީ ލިވަޕޫލްގެ އެއްބަސްވުން އާކޮށްފައިވަނީ ސްޕެއިން އާއި އިނގިރޭސިވިލާތުގެ އިތުރުން ޖަރުމަނާއި ފްރާންސްގެ ކުލަބުތަކުން އޭނާ ހޯދުމަށް ފާރަލަމުން ދަނިކޮށެވެ. ރިޕޯޓުތައް ބުނާގޮތުން ފްރާންސްގެ ޕީއެސްޖީން ވަނީ އޭނާ ހޯދުމަށް ބިޑު ހުށައަޅަން ތައްޔާރުވެފައެވެ.

އޮރިގީ އޭނާގެ ފުޓުބޯޅަ ކެރިޔަރު ފެށީ 2012 ވަނަ އަހަރުގެ ސީޒަނުގައި ފްރާންސްގެ ލިލް އިންނެވެ. އޭނާ ވަނީ އެ ކްލަބަށް 89 މެޗުގައި 16 ލަނޑު ކާމިޔާބު ކޮށްފައެވެ. ލިލްގައި ދެއްކި މޮޅު ކުޅުމާއެކު 2015 ވަނަ އަހަރު އޭނާ ބަދަލުވީ ލިވަޕޫލަށެވެ. އެ ކުލަބާއެކު އޭނާ ވަނީ ކުޅުނު 97 މެޗުގައި 28 ލަނޑު ޖަހާފައެވެ.

ލިލް ދޫކޮށްލުމަށް ފަހު އޮރިގީ ލިވަޕޫލަށް ބަދަލުވީ 2015 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ އެ ކްލަބަށް ކުޅުނު 97 މެޗުގައި 28 ލަނޑު މިހާތަނަށް ކާމިޔާބު ކޮށްފަ އެވެ.

ލިވަޕޫލްއާއެކު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ އޮރިގީ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން 2017 ވަނަ އަހަރުގެ ސީޒަނުގައި ވޮލްފްސްބާގަށް ވެސް ކުޅެފައެވެ. އޭނާ ވަނީ އެ ކްލަބަށް ކުޅުނު 34 މެޗުގައި ހަ ލަނޑު ކާމިޔާބު ކޮށްފައެވެ.

ބެލްޖިއަމް ގައުމީ ޓީމުގައިވެސް އޮރީގީ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އޭނާ ވަނީ ބެލްޖިއަމްގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު 2014 ވަނަ އަހަރު ހޯދާފައެވެ.