ރޭ ފަތިހު މާފުށީ ޖަލުން ފިލި ގައިދީއަކު ހޯދައިފި އެވެ.

ކަރެކްޝަނަލް ސަރވިސަސް އިން ކުރި ޓްވީޓެއްގައި ބުނީ މެޑިކަލް ސެންޓަރުން ފިލި ގައިދީ ހޯދާ ހެނދުނު 6:55 ހާއިރު އަލުން ޖަލަށް ގެންގޮސްފައިވާ ކަމަށެވެ.

ވީނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަލުން ފިލި ގައިދީއަކީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އޭނާ އަތުލައިގަތީ ކެނޯއެއްގައި ކ. ގުޅީ ކައިރިން ކަނޑުމަތިން ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ކަރެކްޝަންސް އިން ވަނީ ފިލި ގައިދީ ހޯދަން ފުލުހުންނާއި މާފުށީ ރައްޔިތުންގެ ފަރާތުން ލިބުނު އެހީ ފާހަގަކޮށްފަ އެވެ.

ފުލުހުން ބުނީ ޖަލުން ގައިދީއަކު ފިލި މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.