މީސްމީޑިއާގައި ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ދެކުނު އެފްރިކާގެ ނަވާރަ އަހަރުވީ އަންހެންކުއްޖަކު އޭނާ ފެންވަރަން ބޭނުންކުރި ފެން ފުޅިފުޅީގައި ބަންދުކޮށް ވިއްކަން ނިންމައިފިއެވެ.

އިންސްޓަގްރާމުގައި މިހާރުވެސް ފަސް މިލިއަނެއްހާ ފޮލޯވަރުން ތިބި ބެއްލެ ޑެލްފީނާ އޭނާގެ އިންސްޓަގްރާމުގައި ބުނެފައިވަނީ ބައެއް ފޭނުން އޭނާ ފެންވެރި ހަޑިފެންވެސް ބޯން ބޭނުންކަމަށް ލިޔަމުންދާތީ އެފެން ފުޅިފުޅީގައި ބަންދުކޮށް ފުޅިއެއް ތިރީސް ޑޮލަރަށް ވިއްކަން ގަސްތުކޮށް އެކަމުގެ ތައްޔާރީތައް މިހާރު ފަށައިފިކަމަށެވެ.

މިކަން އިއުލާން ކުރުމާ ގުޅިގެން ފޭނުންވަނީ އެކަމަށް މަރުހަބާކިޔައި ޑެލްފީނާ ފެންވެރި ފެނަށް އިންތިޒާރު ކުރާކަމަށް ބުނެފައެވެ. އެކަމަކު ޑިމާންޑާ އެއްވަރަށް ފެން ސަޕްލައިކޮށްދެވޭނެކަމާމެދު ޝައްކު އުފައްދައި ފޭނުން ބުނަނީ އެވަރަށް ޑެލްފީނާއަކަށް ފެނެއް ނުވެރޭނެކަމުގައެވެ.

އިންސްޓަގްރާމުގައި ޑެލްފީނާއަށް ޖަވާބުދިން ބައެއް މީހުން ބުނެފައިވަނީ ފެންވެރި ފެނުގެ ވިޔަފާރި ރަގަޅިއްޔާ އަދި އެހެންކަމެއް ފެށުންވެސް ބުއްދިވެރިވާނެ ކަމަށެވެ. އެގޮތުން ބައެއް މީހުން ލަފާދީފައިވަނީ ޑެލްފީނާ ބޭނުންކުރާ ޓޮއިލެޓް ޕޭޕަރުވެސް ވިއްކާން ފެށުމަށެވެ.

ޑެލްފީނާގެ ރީތިކަމާއި ފަރިކަމަކީ އޭނާ މަޝްހޫރުވުމުގެ މައިގަޑު ސަބަބެވެ. އޭނާ ގާއިމުވެ ހުންނަނީ އިނގިރޭސިވިލާތުގެ ލަންޑަނުގައެވެ.