އަތޮޅުތެރޭގައި ބާއްވާ ފުރަތަމަ ޖަޒީރާ ހޮޅުއަށީގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ގދ. ތިނަދުއަށް ވަޑައިގެންފިއެވެ.

އަތޮޅުތެރޭގައި ބާއްވާ ފުރަތަމަ ޖަޒީރާ ހޮޅުއަށީގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގދ. ތިނަދުއަށް ވަޑައިގެންފިއެވެ. ތިނަދޫގައި ބާއްވާ ޖަޒީރާ ހޮޅުއަށި ބައްދަލުވުމަކީ މި ސިލްސިލާގެ 3 ވަނަ ބައްދަލުވުމެވެ.

މިފަހަރުގެ ޖަޒީރާ ހޮޅުއަށީގައި މަޝްވާރާކޮށް މައުލޫމާތު ދިނުމަށް ހަމަޖެހިފައި ވަނީ ސަރުކާރުގެ މަސްވެރިކަމާގުޅޭ ސިޔާޞަތުގެ ދަށުން "މަސްވެރިކަމުގެ ނަފާ އިތުރުކުރުން" މި މައުޟޫޢުގެ މައްޗަށެވެ. މިރޭ 20:30 ގައި ބާއްވާ ޖަޒީރާ ހޮޅުއަށި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.