ސަރުކާރުގެ ސިޔާސަތަކީ ކަނޑުތަކުގެ ނަފާ ދިވެހިންނަށް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންނާއި ގުޅޭ ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދެއްވުމަށް ބާއްވާ ޖަޒީރާ ހޮޅުއަށީގެ ބައްދަލުވުންތަކުގެ ތެރެއިން އަތޮޅުތެރޭގައި ބާއްވާ ފުރަތަމަ ބައްދަލްވުމަށް ގދ ތިނަދޫއަށް ވަޑައިގެން ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތު ކަނޑައެޅުމުގައި މަސްވެރިންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް އޮންނަ ހޮޅުއަށީގައި ބައިވެރިވުމަށް ގދ. ތިނަދޫއަށް ޒިޔާރަތްކުރުމަކީ އެމަނިކުފާނަށް ލިބުނު ބޮޑު އުފަލެއްކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ ކަނޑުތަކުގެ ނަފާ ދިވެހިންނަށް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.