ވީމީޑިއާއަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވާ ފަރާތްތަތަކުގެ އަގުވަޒަންކޮށް، ވީމީޑިއާގެ އުފެއްދުންތައް ޕްރޮމޯޓް ކުރުމުގެ ގޮތުން ބާއްވަމުން އަންނަ "ވީމީޑިއާ ނައިޓް" ކޯޕަރޭޓް އެޑިޝަންގެ މިއަހަރުގެ ހަރަކާތް ބާއްވައިފިއެވެ.

ވީމީޑިއާގެ ސްޕޮންސަރުންނާ ގުޅުންބަދަހިކޮށް، އެފަރާތްތަކުގެ އަގުވަޒަންކުރުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި ހަރަކާތް ހޯމަ ދުވަހުގެ ރޭ ބޭއްވީ ސޯލްޓް ކެފޭގައެވެ.

މި ހަފުލާގައި ވަނީ ނިމިގެންދިޔަ ރޯދަމަހު ވީމީޑިއާގެ އުފެއްދުންތަކަށް ސޮޕޮންސަރ ދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދީފައެވެ. އަދި ރޯދަމަހު ވީމީޑިއާއިން ގެނެސްދިން އެކި ޕްރޮގްރާމްތަކަށް ހުށަހަޅާފައިވާ ބޮޑު އިނާމުތަކުގެ ހައްގުވެރިންނަށް ވަނީ އިނާމު ރައްދުކޮށްފައެވެ.