ވިހޭއިރު ބޮލުން ގުޅިފައިވާ ޕާކިސްތާނުގެ އެއްމާބަނޑު ދެ އަންހެންކުދިން ވަރަަށް ދިގު އޮޮަޕަރޭޝަނަކަށްފަހު ކާމިޔާބުކަމާއެކު ވަކިކުރެވިފައިވާކަން އިނގިރޭސިވިލާތުގެ ހަސްފަތާލަކުން އިއްޔެ އިއުލާންކޮށްފިއެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ކުޑަކުދިންގެ ހަސްފަތާލުކަމަށް ގިނަބަޔަކު ގަބޫލުކުރާ ލަންޑަނުގެ ގްރޭޓް އޯމަންޑް ސްޓްރީޓް ހޮސްޕިޓަލުން ބުނެފައިވަނީ މިހާރު އުމުރުން ތިން އަހަރުވެފައިވާ ސަފާ އާއި މަރުވާ މުޅިން ވަކިކުރެވުނީ ތަފާތު ތިންފަހަރެއްގެ މަތިން ބޮޑު ތިން އޮޕަރޭޝަނެއް ކޮށްގެން ކަމަށެވެ. ފުރަތަމަ އޮޕަރޭޝަން ކުރެވުނީ އެ ދެކުދިންގެ އުމުރުން އެންމެ 19 މަހުގައެވެ. މުޅިން ވަކިކުރުމުގެ އެންމެފަހު އޮޕަރޭޝަން ކުރެވުނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.