ހުސްވެފައިވާ ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ކަމުގެ މަގާމަށް، ކުރިމަތިލެއްވި ހަތަރު ބޭފުޅުންގެ މެދުގައި ނަންތައް ތަރުތީބުކޮށްފިއެވެ.

ޖުމްހޫރީ ޕާޓީން ބުނީ އެޕާޓީގެ ނާއިބް ރައީސްކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން އެކަމަށް ހަތަރު ބޭފުޅަކު ކުރިމަތިލައްވާފައިވާކަމަށެވެ. އެއީ ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު ހުސައިން ޝަހުދީއާއި، އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދާއި، މަޝްހޫރު ކުޅިވަރު ކުޅުންތެރިޔާ މަރިޔަމް ނާޒިމާގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކުރީގެ ރަޖިސްޓަރާ އަދި ކައުންސިލް މެންބަރު އަހުމަދު ސައުދުކަމަށެވެ.

މި ހަތަރު ބޭފުޅުންގެ ނަންތައްވެސް ރޭ ވަނީ ތަރުތީބުކޮށްފައެވެ.

އެގޮތުން ކެންޑިޑޭޓް ނަންބަރު 1 ލިބިފައިވަނީ ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު ހުސައިން ޝަހުދީއަށެވެ. ކެންޑިޑޭޓް ނަންބަރު 2 ލިބިފައިވަނީ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދަށެވެ. މަޝްހޫރު ކުޅިވަރު ކުޅުންތެރިޔާ މަރިޔަމް ނާޒިމާއަށް ކެންޑިޑޭޓް ނަންބަރު 3 ލިބިފައިވާއިރު، ޖުމްހޫރީ ޕާޓީގެ ކުރީގެ ރަޖިސްޓަރާ އަދި ކައުންސިލް މެންބަރު އަހުމަދު ސައުދަށް ލިބިފައިވަނީ ކެންޑިޑޭޓް ނަންބަރު 4ކެވެ.