ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ ކޮންސަލްޓަންޓް، ޕޮލިސް ސާވިސް އޮފް ނޯދަން އައިލެންޑްގެ ކުރީގެ ޗީފް ކޮންސްޓަބަލް، ހިއު ސްޓެފަން ރޮޑެން އޯޑްއާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުވުން ކުރިއަށް ދިޔައީ މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގަ އެވެ.

ހިއު އޯޑްގެ މި ދަތުރުފުޅަކީ މޯލްޑިވްސް ޕޮލިސް ސާވިސްގެ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާ ކުރެވޭނެ ގޮތްތަކާއި، އިނގިރޭސިވިލާތުގެ ތަންފީޒީ އިދާރާތަކާއި ދިވެހި ފުލުހުންނާ އެކު އިތުރަށް ކުރެވެންހުރި މަސައްކަތްތަކާ ގުޅޭގޮތުން ލަފާ ދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.