ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ ޝާހުރުކް ޚާން ރާއްޖެ އަތުވެއްޖެ އެވެ.

ޝާހު މިއަދު ރާއްޖެ އައީ އަންހެނުން ގޯރީ ޚާން އާއި ތިން ކުދިންނާ އެކު އެވެ.

ވީނިއުސްއަށް އެނގިފައިވާ ގޮތުގައި ޝާހުގެ އާއިލާ ރާއްޖޭގައި ތިބުމަށް ހަމަޖެހިފައިވަނީ ދުބާއީގެ ކުންފުންޏަކުން ހިންގާ ޖުމެއިރާ ވިޓަވެލި ރިސޯޓުގަ އެވެ.

ޝާހު ރާއްޖެ އައިސްފައިވަނީ އާއިލާއާ އެކު ޗުއްޓީ ހޭދަކުރުމަށް ނަމަވެސް ޝާހުގެ އާއިލާ ރާއްޖޭގައި ހޭދަކުރާނީ ކިތައް ދުވަސް ކަމެއް އެނގިފައެއް ނުވެ އެވެ.