ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހަށް ކުރީގެ ސަރުކާރުތަކުން ވަރަށް ބޮޑަށް ބާރުފޯރުވާ، ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުުންގެ މަޖިލީހުގެ މެމްބަރުންނަށް ތަމްރީންތަކެއް ދިނުމަށް ހޮޓެލް ޖެންގައި މިއަދު ފެށި އިންޑަކްޝަން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކުރިން ރާއްޖޭގައި ވެރިކަން ކޮށްފައިވާ ކޮންމެ ސަރުކާރަކުންވެސް މަޖިލީހަށް ބާރު ފޯރުވަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ހިންގުން ކުރިއަށް ނުގޮސް މަޖިލިސް މަޑުޖެހިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.