ކޮންމެ ކާމިޔާބު ފިރިހެނެއްގެ ފަހަތުގައި އަންހެނެއްގެ އަތެއްވާ ކަމަށް ބުނާ ބުނުމަކީ އަޅުގަނޑުމެން އަބަދުވެސް އަޑުއަހާ ވާހަކައެކެވެ. ދިވެހިންގެ ހަރުބަސްތަކުގެ ތެރޭގައިވެސް މިވާހަކަ ހިމެނެއެވެ. ދުނިޔޭގެ އެންމެ ކާމިޔާބު ފިރިހެނުންނަށް ބަލާލި ކަމުގައިވިޔަސް މިކަން ސާބިތުވާނެއެވެ. އިނާމު ހަފުލާތަކުގައި ބޮޑެތި ކާމިޔާބީތައް ލިބޭ ފިރިހެނުންގެ ޝުކުރުގެ ލިސްޓުންވެސް މިކަަމަށް ހެކި ލިބިދެއެވެ. މިފަހަރު މިއޮތީ މުޅިން ތަފާތު ވާހަކައެކެވެ. ކާމިޔާބު އަންހެނެއްގެ ފަހަތުގައި ހުރި ލޯބިވާ ފިރިއެއްގެ ވާހަކައެވެ.

ކޮންމެ ދުވަހަކުވެސް ހެނދުނު ހޭލުމާއި އެކު އެންމެ ފުރަތަމަ ފޯނު ހުޅުވާލާގޮތަށް ބަލއިލެވެނީ ފޭސްބުކެވެ. އެގޮތުގެ މަތިން ފޭސްބުކް ބަލާލިއިރު ސަމާލުކަން ގޮސް ހުއްޓުނީ ލޯބިވާ ފިރިއެއްގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކޮށް އަންބަކު ކޮށްފައިވާ ޕޯސްޓަކަށެވެ. އަންހެނުން ބާރުވެރިކުރުމާއި ދެޖިންސުގެ ހަމަހަމަކަމުގެ ވާހަކަ ހަރުއަޑުން ދައްކާ ޒަމާނެއްގައި މިފަދަ ފިރިއެއްގެ ވާހަކަ އަޑުއިވުމުން އެއީ ކާކުތޯ ބަލައިލާ ހިތްވިއެވެ.