މި އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން، މި ޖުލައި މަހުގެ 25 ވާ ބުރާސްފަތި ދުވަހުގެރޭ ބާއްވަވާ ގޮތަށް ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި ބައްދަލުކުރެއްވުން އޮންނާނީ ދަރުބާރުގޭގައިކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމަށް ދައުލަތުގެ ތަފާތު ދާއިރާތަކުން ވަރަށް ގިނަ އަދަދެއްގެ ބޭފުޅުންނަށް ދައުވަތު އަރުވާގޮތަށް ހަމަޖެހިފައިވާކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

އެގޮތުން ރަސްމީ ބައްދަލުކުރެއްވުމަށް ދައުވަތު އަރުވާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދައުވަތު ކާޑު ފޮނުއްވަން މިހާރުވަނީ ފަށްޓަވާފައެވެ.